"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް ސާވޭ ކުރަން ދެކޮޅަކަށް ދެކޮޅަށް ދުއްވާ އެއް ޕްލެޓްފޯމް ފަރަށް އެރިތާ 10 ދިވަސްވީ އިރު، އަދިވެސް އެ ޕްލެޓްފޯމް އޮތީ ޖަހާހާ ރާޅަކާ އެކީ ފަރުގައި ޖެހިޖެހިއެވެ.
މި މަހުގެ 16 ވަނަ ދުވަހު ފަރުމައްޗަށް އެރި ޕްލެޓްފޯމް ނުނަގާ އޮންނަތާ ހަފްތާއެއް ވެގެން ދިޔައިރު، ނުނަގާ އޮތުމުގެ ސަބަބުން އެކި ފަރާތްތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ. ޕްލެޓްފޯމް ފަރަށް އެރިތާ 7 ދުވަސް ފަހުން އެ މައްސަލައިގައި މައުލޫމާތު ދިނުމަށް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ޕްލޭނިން މިނިސްޓްރީގައި ބާއްވައި، އެ މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ޕްލެޓްފޯމް ނަގާނެ ކަމަށެވެ. އެ ގޮތުން އިއްޔެ އަކީ ދެ ދުވަސް ވީ ދުވަހެވެ.
މިއަދު އިރުއަރައިގެން އައި އިރުވެސް އެ ޕްލެޓްފޯމް އޮތީ ރާޅާ ތަޅަތަޅައެވެ. އެ ނަގަން މީހަކު ނުވަތަ ބަޔަކު އުޅޭތަނެއް ނުފެނެއެވެ. ނަމަވެސް "ދަ ޕްރެސް" ގެ ނޫސްވެރިންނަށް ފެނުނެ ކަމަކީ ޕްލެޓްފޯން ރާޅާ ތަޅާތީ އާއި ޕްލެޓްފޯމް ހިފެހެއްޓުމަށް ބޮޑު ސިންގާ ދެވާ، އެއްގަމުަގއި ހުރި ގަހަކަށް ހިފާފައި އޮތް ތަނެވެ. ރާޅާއެކު ބްރިޖަށް ލޮޅުން އަންނަ ކޮންމެ ފަހަރަކު އެ ގަހަށްވެސް އޭގެ އަސަރު ކުރެއެވެ.
'ދަ ޕްރެސް' ގެ ޓީމުން އިތުރަށް ބެލި ބެލުމުން ފާހަގަ ވީ ޕްލެޓްފޯމްގެ ބައެއް ބައިތައް އެ ސަރަހައްދުން ވިލިމާލެ ބީޗް ސަރަހައްދަށް ލައްގާފައިވާ ކަމެވެ. އަދި އެ ބައިތައް ލައްގާފައިވާ އިރު އެ ޕްލެޓްފޯމްގެ ބައެއް ބައިތައް އެ ސަރަހައްދު ފަރުގައި ތާށިވެފައި ވެސް ހުއްޓެވެ.
އެ ޕްލެޓްފޯމް ފަރަށް އެރުމާ އެކު އެ ނެގުމުގެ މަސައްކަތް ކުރަން ފެށި ކަމަށް މި މަޝްރޫއާ ހަވާލުވެ އޮތް އިދާރާ، ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ޓޯވް ކުރަން ބެލި ނަމަވެސް އެ ޕްލެޓްފޯމް އެތަނުން ނަގައިފި ނަމަ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ ޕްލެޓްފޯމަކީ ހަތަރު ނަގިލި (ފައި) ގެ އެހީގައި އަލާފައި އޮތް ފްލެޓްފޯމެއް ކަމަށާއި ޕްލެޓްފޯމް ފަރަށް އެރި ހާދިސާގައި އެއިން އެއް ފައި ވަނީ ފަރުތެރެއަށް ވަދެ ތާށިވެފައި ވުމުން ޓޯވް ކޮށްގެން ނަގާނަމަ ފަރަށް ގެއްލުން ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މިހާރު މަސައްކަތް ކުރަމުން ދަނީ ފަރުތެރޭ ތާށިވެފައިވާ ފައި ފަރަށް ގެއްލުން ނުވާނެ ގޮތަކަށް ވަކިކުރުމަށެވެ. އެ މަސައްކަތް ނިންމާލެވި ފަރުމަތިން ޕްލެޓްފޯމް ދެ ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނެގޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ މަސައްކަތް ނިމުމާ އެކު އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް މަސައްކަތް ފަށާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރެވެ. ގުޅިފަޅު ހިއްކުމާއި ބްރިޖް މަސްރޫއުގެ ސަބަބުން ނުހަނު ނޭދެވޭ އަސަރު ފޯރަމުންދާ ފަރެއް ކަމަށް މީގެ ކުރިން ވެސް ވަނީ ފާހަގަ ވެފައެވެ.
ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.
އިންޑިއާ އަށް އެޅޭނެ ބްރިޖެއް ނުހުންނާނެއޭ މިހާރު ކޮބާތޭ ތިމާވެށި މިނިސްޓަރު އޭނާ އަށް މިހާރު މިތަން ނުފެނޭ އެކަމަކު ނިކަމެތި ދިވެއްސެއްގެ އޮޑިއެއް ތިޔާ ގޮތަށް ފަރަށް އަރައިފިނަމަ އެމީހަކު އޮބާ ބާއްވައިގެން އެމީހަކު ފެލާލާނެއޭ އައްޑޫ ތިމާވެށި މިިިނިސްޓަރޭ މެން މިއިން އެގިގެން ދަނީ ތަމެންގެ ކައްޕަޅި ސަރުކާރަކީ އެއީ ވަގު ސަރުކާރެއް ކަމޭ ތަމެންގެ ކައްޕަޅި ސަރުކާރު އެއީ ހަރާމްކޯރު ބަތާހަރާމީ ސަރުކާރޭ
ބަޔަކު ފަޟީހަތް ވަނީ މި ވަރަށް. މި ކަމުން އެބަ އެނގޭ މިމީހުންގެ ގާބިލުކަންހުރި މިންވަރު.
މިހާރު ބުރިޖުގެ މަސައްކަތުގެ ޓާގެޓް ބަދަލުވެއްޖެ. މިހާރުގެ ޓާގެޓަކީ 2023 ގަ ވޯޓުލުމުގެ ކުރިން މި ޕުލެޓްފޯމް ފަރުމަތިން ނެގުން.