ތިލަމާލެ ބްރިޖް ސާވޭ މަސައްކަތުގައި ކޮޅު ކޮޅަށް ދުއްވާ ޕްލެޓްފޯމް ވިލިނގިލި ބޭރުން ފަރަށް އަރާ ޖެހި ރާޅަކާ އަރިއަޅާލައިގެން ހާދިސާއެއް ހިނގައިފިއެވެ. މިހާދިސާގައި އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން 3 މީހަކު މޫދަށް ވެއްޓުނު ކަމަށް މަންޒަރު ދުށް މީހަކު "ދަ ޕްރެސް" އަށް ވަނީ ކިޔައިދީފައެވެ.

އަދި އަނިޔާވި މީހުން ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށްވެސް ހަބަރު ލިބެއެވެ.

ޕްލެތްފޯމް ފަރުމައްޗަށް އެރި ހާދިސާގައި އނަިޔާވި މީހުން ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް އަރުވަނީ / ފޮޓޯ: ހީރަސް

ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.

މިއަދު ހިނގި އެ ހާދިސާގެ ތަފްސީލީ މައުލޫމާތުތައް އަދި ނުލިބުނު ނަމަވެސް، ހާދިސާ ހިނގި ވަގުތު ވިލިނގިއްޔާއި މާލެއާ ދެމެދު ދަތުރު ކުރި ފެރީއެއްގައި ހުރި މީހަކު ބުނީ، އެ ހާދިސާ ހިނގަން މެދުމެރިވި ކަމަށް ބެލެވެނީ ފަރުމައްޗަށް އެރިވަގުތު ރާޅު ޖެހުމުގެ ސަބަބުން ކަމަށެވެ.

ތިލަ މާލެ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމެއް ވިލިމާލެ ފަރުމައްޗަށް އަރާފައި/ ފޮޓޯ: ދަ ޕްރެސް

ޕްލެޓްފޯމް އަރިއަޅާލާފައި އޮތް އިރު ރާޅު ހުރިކަން ފޮޓޯތަކުން ފެނެއެވެ.

މިހާދިސާ ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށާއި އަނިޔާވި 3 މީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ދެންމެ ބުނެފިއެވެ.