ރާއްޖެއަށް އެތެރެކޮށް އެސްޓީއޯއިން ވިއްކާ މަޝްހޫރު "ނިޕޯން ޕެއިންޓް"ގެ އާ ވައްތަރެއް އިއްޔެ ތައާރަފްކޮށްފިއެވެ.

އިއްޔެ އެސްޓީއޯގެ ޓްރޭޑް ސެންޓަރު އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި "ނިޕޯން ޕެއިންޓް"ގެ "ނިޕޯން މެޓެކްސް" ތައާރަފް ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި، ނިޕޯން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓްގެ ސީނިއާ މެނޭޖަރު ހެންރީ އެންގެވެ.

އިއްޔެ ތައާރަފްކުރި "ނިޕޯން މެޓެކްސް" ރޭންޖުގެ ކުލަ އާ ބެހޭ ގޮތުން އެސްޓީއޯއިން ބުނީ، ނިޕޯން މެޓެކްސް އަކީ ރަށްރަށުގައި ތިބި އެ ކުންފުނީގެ ކޮންސްޓްރަކްޝަން އޭޖެންޓުންނަށް ހާއްސަ ޕެއިންޓެއް ކަމަށެވެ.

"ނިޕޯން ޕެއިންޓް"ގެ "މެޓެކްސް" / ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނި ގޮތުގައި "ނިޕޯން މެޓެކްސް":

  • ހެޔޮ އަގުގައި ލިބޭނެ
  • ވިއްކަނީ 7 ލީޓަރު އަދި 20 ލީޓަރު ޕެކިންގައި
  • ކުލަ ލުމަށް ފަސޭހަ، އަދި ވަގުތުން ބޭނުންކޮށްލެވޭނެ
  • ލެޑް، މާކިއުރީ ފަދަ ކެމިކަލްތަކެއް ނުހިމެނޭ
  • ސިމެންތި އަދި ސީލިން ފަދަ ތަންތަނުގައި ފަސޭހައިން ލެވޭނެ

މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯ އިން މިފަހަރު ތައާރަފް ކުރަނީ "ޝޭޑްސް އޮފް ވައިޓް" ގެ ކުލަތަކެކެވެ.

1955 ވަނަ އަހަރު އުފައްދާފައިވާ ނިޕޯން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފް ކޮށްފައިވާ ކުންފުންޏެކެވެ.