ދިއްގަރު ދާއިރާގެ ކުރީގެ މެމްމަބަރު އަހުމަދު ނާޒިމް އޭރު ރައީސް އަބްދުﷲ ޔާމިނާ ބައްދަލު ކުރެއްވީ ފައިސާގެ ވާހަކައެއް ދައްކަވަން ނޫން ކަމަށާއި ބައްދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުންވާ ވާހަކަ ވިދާޅުވުމަށް ކަމަށް ރައީސް ޔާމިން ވިދާޅުވެއެޖެއެވެ.
ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް އިއްވާ ޝަރީއަތް ހިނގަމުން ދާއިރު ނާޒިމް ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަން ޝަރީއަތަށް ވަޑައިގެންފައެވެ. އެކަމާ ގުޅިގެން ޔާމިން ވިދާޅުވީ ނާޒިމް އެމަނިކުފާނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ބޭނުންވެގެން ދެއްކެވި ވާހަމައެއް ކަމަށާއި އެހެންނަމަވެސް އޭރު މަޖިލީހުގެ ރައީސްކަމަށް ބޭފުޅާކާ ވާހަކަ ދައްކަވާ އެބޭފުޅަކު އެކަން ގަބޫލުކުރައްވާފައި ވުމާއެކު އެފުރުސަތު ދެވެން ނެތްކަމަށް ވިދާޅުވި ކަމަށެވެ.
އަދި އޭގެ ކުރިން ޕާލިމެންޓްރީ ގުރޫޕުގް ލީޑަރުކަން ބޭނުންކަމަށް ނާޒިމް ވިދާޅުވެފައި އޮތް ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށް ދެންނެވި ކަމަށެވެ. އެހެންނަމަވެސް ނާޒިމް ކުއްލިއަކަށް ވިސްނުން ބަދަލު ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ބޭނުންވީ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ނާޒިން ހިތްހަމަޖެހި ވަޑައިނުގަތީ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ހަމަޖައްސަވާ ނުދެއްވޭނެ ކަމަށް ވިދާޅުވުމުން ކަމަށާއި އެކަމާ ހިތްހަމަ ނުޖެހިގެން އަދީބު ދަރަންޏަށް ފައިސާ ނަގަމުންދާކަމަށް ވިދާޅުވި ކަމަށާއި މިކަމުގެ ޒިންމާ ޔާމިން ނަންގަވަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި ކަމަށްވެސް ޔާމިން ވިދާޅުވިއެވެ. އަދި އެކަމުގެ ޒިންމާ ނަންގަވަން ނުޖެހޭނެކަމަށް ޖަވާބުގައި ނާޒިމްއަށް ދެއްނެވި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޝަރީއަތުގައި ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނުގެ ފައިސާ ބޭނުން ކޮށްފައިވަނީ ރައީސް ޔާމިންގެ ކެމްޕެއިންގެ ދަރަނި އަދާކުރުމަށް ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމިން ވިދާޅުވީ 2013ގެ ރިޔާސީ ކެމްޕެއިން ނިމިގެން ދިޔައިރު އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށެވެ.