ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޒާމް ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައި، ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހުގައެވެ..

ހުޒާމް އެންމެ ފުރަތަމަ ވިދާލާފައި ވަނީ ޓީވީއެމްގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުންނެވެ. އެ މުބާރާތުން ދެ އަހަރު އެއްވަނަ ހޯދި ހުޒާމް ވަނީ ގިނަ ފިލްމުތަކަށް ލަވަ ކިޔައިދީފައެވެ.

1990 ގެ އަހަރުތަކުން ފެށިގެން ލަވަކިޔަމުން އައި ހުޒާމަކީ 2000 ގެ މެދުތެރޭގައި އެންމެ ޑިމާންޑު ބޮޑު އެއް ލަވަކިޔުންތެރިޔާއެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ދޮންކަނބުލޮ ނިދާލާށޭ" އާއި ފިލްމު "ސިޓީ" އަށް ކިޔައިދީފައިވާ "މުޅި ޖާން ހިތާ" ވެސް ހިމެނެއެވެ.

ރާއްޖޭގައި ޕްރޮފެޝަނަލްކޮށް ލަވަކިޔަމުން އައި ހުޒާމްގެ އެހީތެރިކަމާ އެކު މި ދާއިރާއަށް އެތައް ބަޔަކު ނުކުތެވެ.