ފޮރިން ސާވިސް އަކީ ވަކި ހިދުމަތަކަށް ހެދުމާ ގުޅިގެން އެކުލަވާލަން ޖެހޭ ލަފާ ދޭ ބޯޑު އިއްޔެ އެކުލަވާލައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަސްދީގުކޮށް، މިދިޔަ މެއި މަހު އަމަލުކުރަން ފެށި ގާނޫނުގައި އެ ބޯޑު ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހެއެވެ.

އެ ބޯޑުގައި ހިމެނެނީ:

  • ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު - ބޯޑުގެ ޗެއާ
  • އަހުމަދު ރަޝީދު، ކަރަންކާގެ/ށ. މަގޫދޫ - ދިވެހި ހާރިޖިއްޔާއަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން
  • ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އައިމިނަތު ޝިފާނާ - ފޮރިން މިނިސްޓްރީގެ އިދާރީ މުވައްޒަފުންގެ ތެރެއިން
  • ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ - ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ވެރިޔާގެ ހައިސިއްޔަތުން
  • ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު އައިމިނަތު ސަމްރާ - ހާރިޖިއްޔާގެ އާންމު މުވައްޒަފުންގެ ތެރެއިން

އެ ބޯޑުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާއިރު އެ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފޮރިން ސާވިސްގެ ހިންގުމުގެ ކަންކަމުގައި ފޮރިން މިނިސްޓަރަށް ލަފާ ދިނުމެވެ. އެގޮތުން ފޮރިން ސާވިސްގެ ގަވައިދުތަކަށާއި ފޮރިން ސާވިސް އެކުލެވިގެންވާ ގޮތަށާއި ފޮރިން ސާވިސް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ކަންކަމުގައި އެ ބޯޑުން ލަފާ ދޭން ޖެހެއެވެ.