ދީނީ މިނިވަންކަމާއި ގުޅުންހުރި މައްސަލަތައް ބެއްލެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އދގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހްމަދު ޝަހީދުގެ ދައުރު އިއްޔެ ހަމަވެއްޖެއެވެ.
އެ މަގާމުގައި ހުންނަވައި ޝަހީދު ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ އެކިއެކި ދީންތަކާއި އަގީދާތަކުގެ މިނިވަންކަމުގެ ހައްގުތައް ލިބިދިނުމުގައި ހުރި ހުރަސްތައް ދެނެގަނެ، އެ ހުރަސްތައް ގިރާކުރެވޭނެ ގޮތްތަކާ މެދު އދ އަށް ރެކޮމެންޑޭޝަން ހުށަހަޅައި ހިއްސާކުރުމެވެ. ހަ އަހަރު ދުވަހުގެ އެ މަގާމަށް ޝަހީދު އައްޔަން ކޮށްފައި ވަނީ ނޮވެމްބަރު 1، 2016 ގައެވެ.
އދ އިން ކަނޑައަޅާފައިވާ ރެޕަޓުއާގެ މަގާމުގެ ދައުރު ހަމަވެއްޖެކަން ހާމަކުރައްވައި ރޭ ކުރެއްވި ޓްވީޓެއްގައި ޝަހީދު ވަނީ އެ މަގާމުގައި ހުންނަވައި އޭނާ ކުރެއްވި ބައެއް މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. އަދި އެ މަގާމުގައި ހުންނެވި ދުވަސްވަރު އެކިފަރާތްތަކުން ލިބިވަޑައިގަތް އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ޝަހީދަށް ފަހު، ދީނީ މިނިވަންކަމަށް އދ އިން ކަނޑައަޅާ ހާއްސަ ރެޕަޓުއާ ކަމަށް އައްޔަނު ކުރުމަށް ނިންމާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީގައި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނު ކިޔަވައިދެއްވާ ޕްރޮފެސަރެއް ކަމަށްވާ ޑރ. ނާޒިލާ ގަނީއެވެ.
އދ ގެ ހާއްސަ ރެޕަޓުއާގެ މަގާމް އަދާކުރެއްވި ޑރ. ޝަހީދަކީ ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގެ ޕްރޮފެސަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ޝަހީދު ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑް އިން އިންޓަނޭޝަނަލް ރިލޭޝަންސް އިން ޕީއެޗްޑީ ހާސިލް ކުރައްވައިފައެވެ.
ޑރ. އަހްމަދު ޝަހީދު ފުރުއްވާފައިވާ މަގާމުތައް:
- ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (1998-2004)
- ސަރުކާރުގެ ތަރުޖަމާނު (2005)
- ފޮރިން މިނިސްޓަރު (2005-2007، 2008-2010)
- އީރާނަށް އދ އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ (2011-2016)
އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް ގެނައުމުގައި ނިއުމޯލްޑިވްސް މޫވްމަންޓުގެ ތެރެއިން ޝަހީދު ވަނީ އިސް ދައުރެއް އަދާކުރައްވާ ފައެވެ.
މަޖިލީޙުގެ ގޮނޑިއެއް އެބަހުސްވޭ ކުރިމަތިލާ
އަލްހަމްދުލިއްލާހި. މީނާގެ އުނދަގުލުން ސަލާމަތް ވާނެ ބާ؟ އަނެއްކާ މިޔަށްވުރެ ދުއްޕާން ބޮޑު މަގާމަކަށް ކަންނޭގެ މީނާ ލާނީ؟ ކީއްކުރާނީ އެވެރިންގެ ތައްޕާހުގައި ކައިގެން ޖަހާފައި ހުރި މަހެއްގައި އެހެން ކަމަކަށް ކުލުނެއް އަގަލެއް ސަގަލެއް ނުހުންނާނެ.