މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް، އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ ތުހުމަތުކުރި މީހާ ގައިގައި ހައްދު ޖަހަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އިލްޔާސް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.
އިލްޔާސް ވިދާޅުވީ މީހެއްގެ މައްޗައް ޒިނޭގެ ތުހުމަތުކޮށް އެ ތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ އެ މީހެއްގެ ގައިގައި ގަޒްފުގެ ހައްދު ޖަހަން ޖެހޭނެ ކަމަށާއި އަދި ހެކި ބަސް ގަބޫލް ނުކުރެވޭނެ ކަމަށެވެ. އަދި މި ފަދަ މީހުން ދައުލަތުގެ އިސް މަގާމްތަކުގައި ބައި ތިއްބަން ވެސް ނުވާނެ ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަނީ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ ކަމަށާއި ހަތަރު ހެކިން ނުގެނެސްފިނަމަ ގަޒްފުގެ ހައްދު ނުވަތަ 80 އެތި ފަހަރުން ޖަހަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެމީހަކީ ފާސިގެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އަންހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ވަނީ ފޮނުވާފައެވެ. ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވަނީ އަންހެން ކުއްޖަކާއެކު ރައީސުލްޖުމްހޫރިއްޔާ ޖިންސީ ގުޅުން ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ނަޝީދު ސުވާލު ކުރައްވައެވެ. އަދި ނަޝީދު ވަނީ ފޮޓޯ އިން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.
ފި ކުޅި ކުޅުނު މީހުންވެސް ހިފާ ހައްޔަރުކޮށް ހައްދު ގާއިމު ކުރަން ގޮވާލިނަމަ. ތިހެންވާތީ ވަޒީފާ އަށްޓަކާ، ފައިސާއަށް ދީންވިއްކަނީއޭ ބުނަން ޖެހެނީ.
ޤާނޫނީ ޒިނޭ ސާބިތު ކިރާގޮތާއި، އޭގެ ޙުކުމް ޤަބޫލުކޮށްގެން ތިބިބަޔަކު ކޮން ވާހަކައެއް މިދައްކަނީ. ފުރަތަމަބަލަންވީ އެކަން ފެތެނީ ޤާނޫނަށްތޯ ނޫނީ ޝަރީޢަތަށްތޯ ނޫންތަ. ޤާނޫނަަށް ފެތެންޏާ ކޮންޙައްދެއްޖަހާކަށް. ޤާނޫނަށް ނުފެތޭނެ ގޮތެއް އޮވޭތަ؟ ކުރިންބުނިއެތި ކެންސަލްކުރާ ޝެއިޚުން ސިޔާސީ ފަތުވާނެރޭނެ.