މިއަދު ބޭއްވި ތ. ވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީއާ ވާދަކޮށް އެމްއެންޕީއިން ކާމިޔާބު ކޮށްފިއެވެ.

ވަންދޫ އަންހެނުން ކޮމިޓީގެ ގޮނޑިއެއް ހުސްވެފައިވާއިރު އެމްއެންޕީގެ އިތުރުން ވެރިކަންކުރާ އެމްޑީޕީން ވަނީ އެ ގޮނޑިއަށް ކުރިމަތިލާފައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން ޝިރުމީނާ އަލީ ވާދަކުރިއިރު އެމްއެންޕީއިން ވާދަ ކުރީ ހަދީޖާ މުހައްމަދެވެ.

ކޮމަންޑޫ އަންހެނުންގެ ކޮމިޓީގެ ހުސްވެފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް އެންމެ ގިނަ ވޯޓާ އެކު އިންތިހާބުވީ އެމްއެންޕީ ކެންޑިޑޭޓެވެ.

މީގެ ކުރިން ވެސް އެމްއެންޕީން ވަނީ ދެ އިންތިހާބެއްގައި ވާދަކޮށްފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީން މިއަހަރުގެ ކުރީކޮޅު ވާދަ ކުރިއިރު، ދާދި ފަހުން ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކޮށް، އެ ޕާޓީގެ ކެންޑިޑޭޓް ބަލިވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

އެމްއެންޕީއިން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް ކެނޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

ދެން މިއަދު ކުރިއަށްގެންދިޔަ އައްޑޫ ސިޓީ ހިތަދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި އެމްޑީޕީއާ ވާދަކޮށް ޕީޕީއެމްއިން ވަނީ ކާމިޔާބުކޮށްފައެވެ. ފާތިމަތު ނަޒީހާ އެ ގޮނޑި ކާމިޔާބުކުރިއިރު އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައި ވަނީ އާމިނަތު ޝާހިދާއެވެ.