ފަޅުރަށެއްގައި ބިސޭސީއްގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރާ ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިބާ އުނޑޫދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މާރާމާރީގައި އަނިޠާވީ އުމުރުން 45 އަހަރުގެ މީހަކަށެވެ.

އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޅިހަރާފައި ވާއިރު ލިބުނު ފުން ޒަހަމްތަކާއެކު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން އޭނާގެ ބަނޑަށް ވަޅި ހަރާފައިވާއިރު ބޮލުގެ ވެސް އެކި ތަންތަނަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ، އޭނާ މަސައްކަތް ކުރާ ކުންފުނީގެ ފަރާތުން މިހާރު މާލެ ފޮނުވާލުމުގެ ކަންކަން ވަނީ ހަމަޖަައްސާފައެވެ.

އެ މާރާމާރީގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 43 އަހަރުގެ ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފައެވެ.

ދޭތެރެ ދޭތެރެއިން ބިދޭސީންގެ މެދުގައި މާރާމަރި ހިންގާ ތޫނު އެއްޗެހިން ވެސް މީހުންނަށް ހަމަލާދޭ މައްސަލަތައް ފެންމަތި ވެއެވެ. ގިނަ ފަހަރު މިފަދަ މާރާމާރީތައް ހިންގާފައިވަނީ ފައިސާގެ މައްސަލަތަކުގައެވެ.

ދާދި ފަހުން ހުޅުމާލޭގައި ހިންގާ ހާންޖި ރެސްޓޯރަންޓެއްގައިވެސް މާރާމާރީއެއް ހިންގައި އެ މާރާމާރީގައި އަނިޔާ ވި މީހާ ވަނީ މަރުވެފައެވެ.