ބަޔަކު ކިތަންމެ ނުރުހުނަސް ސިޔާސީ މަސައްކަތްތަކުގައި އަދާލަތު ފަހަތަށް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ބައެއް މީހުން އަދާލަތު ޕާޓީއާ ދެކޮޅަށް ދައްކަމުން ދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އިމްރާން ވިދާޅުވީ، އެ ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށާއި އިސްލާމް ދީނުގެ ފުރިހަމަ މަހްފޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
މި ފާޑުކިޔުންތައް އެ ޕާޓީއަށް ރައްދުވަމުން އަންނަނީ ބައެއް ދީނީ އިލްމުރިންގެ ފަރާތުންނެވެ. އެ ގޮތުން މިިދިޔަ މަހުގައި ފާހަގަ ކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ މުނާސަބަތާ ގުޅުވާފައި ގަލޮޅު ބޯޅަދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ އިވެންޓް ހުއްޓުވައި ދެ ޝެއިހުން ހައްޔަރު ކޮށްފައިވާ މައްސަލައިގައި ގިނަ ބައެއްގެ ފަޑުކިޔުން އެ ޕާޓީއަށާއި ހޯމް މިނިސްޓަރު އިމްރާނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ޝެއިހް އަހްމަދު ސަމީރު ވަނީ ހޯމް މިނިސްޓަރު ކަމުގައި ދީނީ އިލްމުވެރިއަކު ހުންނަވައިގެން ޔޯގާ ހުއްޓުވަން ނިކުންނެވި ދެ ޝެއިހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބާރު އަޅަމުން ދިއުމަކީ ކުރައްވަން ހުތުރުކަން ބޮޑުވެގެން ވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަދާލަތު ޕާޓީއަކީ މިމުޖުތަމައުގައި ހިނަގާ ދީނީ މައްސަލަތަކުގައި ދެކޮޅަށް ވަކާލާތު ކުރާ ޕާޓީއެއް ކަމުގައި ފާހަގަ ކުރެވިފައި އޮތަސް ސީޔާސީ ގޮތުން އެ ޕާޓީ މި ސަރުކާރާ ގުޅިވަޑައިގެން ފަހުން އެންމެ ފަހުން ގިނަ ދީނީ އިލްމުވެރިންތަކެް ދެކޮޅު ހެދި ޔޯގާ އިވެންޓާ ގުޅިގެން އަދާލަތު ޕާޓީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ހައްޔަރު ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން މި ސަރުކާރަށާއި ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއަށް ވަނީ އަމާޒުވެފައެވެ.
މި ފާޑުކިޔުންތަކުގެ އަޑުތައް ގަދަވަމުން ދިއުމުން އިމްރާން ވަނީ، އަދާލަތު ޕާޓީ ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެ ގޮތުން އެ ޕާޓީ އުފެއްދީ ދިވެހި ރާއްޖޭގައި ފަނޑުވަމުންދާ އިސްލާމް ދީނުގެ މަތިވެރި އުސޫލްތައް ނެގެހެއްޓުމަށް ކަމަށާއި އަދި އެ ޕާޓީ ދެމި އޮންނާނީ ވެސް އެ ޒިންމާ އަދާ ކުރުމުގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ދީނީ ގޮތުން ގިނަ ކަންތައްތަކެއް ކޮށްދިިން ޕާޓީ އަކީ އިމްރާން ލީޑަރެއްގެ ގޮތުގައި ހުންނެވި އަދާލަތު ޕާޓީ ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ވޭތުވެދިޔަ 3 އަހަރަށް ބެލި ކަމުގައި ވިޔަސް ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބެލި ކަމުގައި ވިޔަސް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ބަޔަކު ނެތް ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ. ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް އެއީ ހަގީގަތް ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތު އައުޓް އިންޑިއާގެ ޝިކުރުގެ އަޅުކަމަށް ތާއީދު ކުރާ އަދާލަތު އެވަނީ ޝިކުރުގެ ތެރެއަށް ވަދެ ހަލާކުވެފައޭ އެއީ ޝިކުރުގެ ތެރެއަށް ވަދެހަލާކު ވެފައިވާ ބައެކޭ އަދާލަތު އައުޓް
ޔޯގާ އަކީ އެއީ ސީދާ ޝިކުރުގެ ތެރޭން ވާ ކަމެކޭ އިންޑިއާގެ އެމްބަސީ ބުނެގެން މިސަރުކާރުން ދިވެހިން ޖަލަށްލާ އެމެންގެ މުޅި ދިރިއުޅުން ދުއްވާލަނީއޭ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫނޭ ޔޯގާ ދުވަހަކީ ޔޯގާ އަކީ އެއީ ސީދާ އިރަށް އަޅުކަން ކުރާ ބަޔަކު ކުރާ އަޅުކަމެކޭ އެއީ ޝިކުރުގެ ތެރޭން ވާ ކަމެކޭ ޔޯގާ ދުވަހު ތަމެން އަނދަގޮނޑި ޖަހައިގެން އުޅޭ އެންމެން ތަމެން ދޫކޮށްލާށޭ