ފަޅުރަށެއްގައި ބިސޭސީއްގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރާ ޒަހަމް ކޮށްލައިފިއެވެ. އަދި އޭނާ ވަނީ ބ. އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާ ހިނގާފައި ވަނީ ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިބާ އުނޑޫދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާރާމާރީގައި އަނިޠާވީ އުމުރުން 45 އަހރުގެ މީހަކަށް ކަމަށާއި، އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޅިހަރާފައި ވާއިރު ލިބުނު ފުން ޒަހަމްތަކާއެކު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ ރޭގެ ދިހައެއް ޖަހަން އުޅެނިކޮށް ފުލުހުންނަށް އެ މާރާމާރީގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 43 އަހަރުގެ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މާރަމާރީގައި އަނިޔާވި އުމުރުން 45 އަހަރުގެ ބިދޭސީ މީހާ އަށް ބ. އޭދަފުށީ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ފުލުހުން ބުންޏެވެ.