އީދު މަޅި ރޯކުރަން އުޅުމުގެ ތެރޭގައި ގއ. ދާންދޫން ދެ ޒުވާނަކު ފިހިއްޖެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މަޅީގެ ފުރަގަހުގައި ޕެޓްރޯލް އަޅަން ހުރި ޒުވާނާ ހުރިކަން ނޭނގި، މަޅީގެ އަނެއް ފަރާތުގައި ތިބި މީހުންނަށް އަލިފާން ރޯކޮށްލެވުމުންނެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ، މަޅި ރޯކުރަނިކޮށް ދެ ޒުވާނަކު ފިހިގެން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށެވެ.

އެތަނުން އެކަކުގެ ކަނާތާއި ފައިގެ އިތުރުން، ބައެއް ތަންތަން ފިހިފައިވާތީވެ، އޭނާ އަށް އަދި ވެސް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އަނެއް ޒުވާނާގެ ފައިގެ އިސްތަށިތައް އަނދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން، އާސިފް ވިދާޅުވީ ދެވަނަ ޒުވާނާ ދޫކޮށްލާފައިވާ ކަމަށެވެ. ދެވަނަ ޒުވާނާ ދޫކޮށްލި ނަމަވެސް، ދެ ޒުވާނުންގެ ހާލު ސީރިއަސްނޫން ކަމުގައި އޭނާ ވިދާޅުވެއެވެ.

އީދު މަޅިއަކީ އީދާ ދިމާކޮށް ރާއްޖޭގެ ގިނަ ރަށްރަށުގައި ސަގާފީ ކަމެއްގެ ގޮތުގައި ކުރާ ކަމެކެވެ.