ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް މީހަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވާހަރަ ވެއްޖެއެވެ.

ޖަޕާނުގެ ދެކުނުގެ ސިޓީއެއް ކަމަށް ނާރާގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މިހާދިސާގައި އަބޭގެ ހަށިކޮޅަށް، 2 ފަހަރެއްގެ މަތިން ބަޑި ޖަހާފައިވެއެވެ.

ހަމަލާ އަމާޒުވުމާއެކު އަބޭ ވެއްޓިވަޑައިގެންނެވި އިރު، ހަމަ އެ ވަގުތުން ވަގުތަށް، އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ސީންއިން ނަގާފައި ވާ މަންޒަރުތަކުން ފެންނަ ގޮތުގައި، އަބޭގެ ހަށިކޮޅުން އޭރުވެސް ލޭ ފައިބަމުން ދިޔައެވެ.

ބަޑިޖެހުމުން އަބޭ ވެއްޓިވަޑައިގެންފައި

ސެކިއުރިޓީ އޮފިޝަލުން ވަނީ ހަތިޔާރު އަޅައިގެން ހުރި މީހާ ހައްޔަރު ކޮށްފައެވެ.

ޖަޕާނުގެ ދައުލަތުގެ މީޑިއާ (އެންއެޗްކޭ) އާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އަބޭގެ ހޭފުޅު ހުއްޓެވެ. އަދި އިޖާބަވެސް ދެއްވިއެވެ.

ނަމަވެސް ޕާޓީގެ އިސް މެންބަރަކު ވަނީ އަބޭގެ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާ، ބްލަޑް ޓްރާންސްފިއުޝަންއެއް ހައްދަވާކަމަށް ވިދާޅުވެފައެވެ.

ހަމަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ނާރާގެ ރަށްވެއްސެކެވެ. އަދި އެއީ ޖަޕާން ކަނޑުގެ އަސްކަރީ ދިފާއީ ބާރުގައި ކުރިން މަސައްކަތް ކުރި މީހެއް ކަމަށްވެސް ހަބަރު ލިބެއެވެ. އޭގެ އިތުރުން އޭނާ ބޭނުން ކުރީ އަމިއްލައަށް ހަދާފައިވާ ބަޑިއެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.