އުރީދޫއިން ރާއްޖޭގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި، "ބޮޑު ޗުއްޓީ ޕެކް" ގެ ނަމުގައި ހާއްސަ އޮފާ އެއް ތައާރަފް ކޮށްފިއެވެ.

އުރީދޫއިން ބުނީ އެ އޮފާ ތައާރަފް ކުރެވިފައިވަނީ މިނިވަން ދުވަހާއި އަޟްހާ އީދާއި ގުޅިގެން ލިބޭ އެ ބަންދުގައި ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެ ހާއްސަ އޮފާގެ ދަށުން މިހާރު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓްކޮށް 100 ޖީބީ ޑޭޓާ 3 ދުވަހަށް ލިބިގެންދާއިރު އެ އޮފާ ކުރިއަށްދާނީ މި މަހުގެ 6 އިން 31 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅައިގެން އެ އޮފާ އެކްޓިވޭޓްކޮށްލެވޭއިރު އެސްއެމްއެސް މެދުވެރިކޮށް 100GB ޖަހާ 5555 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓްވެގެންދާނެއެވެ.

މި އޮފާއާ ގުޅިގެން އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ބޮޑު ބަންދުތެރޭ ޗުއްޓީ ހަދާލަން ރަށަކަށް ދިޔަ ނަމަވެސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރި ނަމަވެސް އަޟްހާ އީދަކީ ކުލަގަދަކޮށް ފާހަގަކޮށް ހާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއް ކަމަށެވެ.

އެ އުފާވެރި މުނާސަބަތުގައި އުރީދޫގެ ކަސްޓަމަރުންނަށް ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ހިއްސާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ހާއްސަ އޮފާ ކަމުދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.