ސްޓެލްކޯގެ ލީގަލް މެނޭޖަރުކަން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމު ހަމަޖައްސައިފިއެވެ.

ގާޒީ ހަލީމް މި މަގާމަށް ހޮވުނީ އިއުލާން ކޮށްގެން ކުރިމަތިލި މީހުންގެ ތެރެއިން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެ މަގާމުން ހަލީމަށް ލިބޭ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު ސްޓެލްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

ގާޒީކަމުން އިސްތިއުފާ ދެއްވުމަށް ފަހު ހަލީމް އުޅުއްވަނީ ސިޔާސީ ކަންކަމުގެ ތެރޭގައެވެ.

މިގޮތުން "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ކައިރިއަށް އެއްވި މީހުންގެ ތެރޭގައި އިސްކޮށް ހަލީމް ހުންނެވި އިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، އެމްޓީޑީގެ ހަރަކާތްތަކުގައި ވެސް ހަލީމް އުޅުއްވިއެވެ.

ހަލީމްގެ މައްޗަށް ވަނީ އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމެއް ވެސް ކޮށްފައެވެ.