އަންހެނަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރި މައްސަލައަކާ ގުޅިގެން 36 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހދ. އަތޮޅުގެ ރަށެއްގައި 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް، ބްލެކްމެއިލް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 29 ގައި ކަމަށެވެ.

ނަމަވެސް އެ މައްސަލައަކީ ޖިންސީ ގޯނާ އާއި ބްލެކްމެއިލްގެ މައްސަލައަކަށް ވާތީވެ، އެ މައްސަލައިގައި ފުލުހުން ރަށެއް ހާމައެއް ނުކުރެއެވެ.

އެ މައްސަލައާ ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލައި ތަހްގީގު ކުރަމުންދާ ކަމަށެވެ.