އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ވިސްނުންފު ގެންގުޅުއްވާ ގޮތުން އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު ނެތް ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ، ސަންގު ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މޫކޭ ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީޕީ ތެރޭގައި މީގެކުރިން ވަރަށް ވަރުގަދަކޮށް ހުންނެވި ބޭފުޅެއް ކަމަށެވެ. ނަމަވެސް ނަޝީދު ސިޔާސީ ވިސްނުންފުޅު ގެންގުޅުއްވާ ގޮތުންނާއި ކަންކަން ކުރައްވާ ގޮތުން އެމްޑީޕީގެ އާންމު މެމްބަރުން ފޫހިވެއްޖެ ކަމަށް އޭނާ ވިދާޅުވެއެވެ.
އަދި އާންމު މެންބަރުންގެ ތެރޭގައި ރައީސް ނަޝީދަށް އޮތް ތާއީދު މިހާރު ނެތް ކަމަށް ވެސް މޫކޭ ވިދާޅުވެއެވެ.
މޫކޭ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބެއްގައި އެމްޑީޕީން ވާދަކޮށް، ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ރައީސް ނަޝީދު ވާދަކުރެއްވިޔަސް ރައީސް ސޯލިހް ބަލި ކުރެވެން ނެތް ކަމަށް މޫކޭ ފާހަގަ ކުރެއްވިއެވެ.
އެމްޑިޕީގެ އެތެރޭގެ އިންތިހާބް ފެއްޓި އިރު އެމްޑީޕީ ވަނީ ދެބައި ވެފައެވެ. ދެ ފެކްޝަނެއްގެ ގޮތުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ އެއްކޮޅަށް ތިބި މެންބަރުން ދެބައި ވެފައިވާ އިރު ދެން އެންމެ ވާދަ ވެރި އިންތިހާބަކަށް ވާނީ އަންނަ ރިޔާސީ އިންތިހާބަށް ނަގާ ޕްރައިމަރީ ވޯޓެވެ.
އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު ރައީސް ސޯލިހްވެސް ވަނީ ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުންގެ ތާއީދު އޮތީ ރަައީސް ސޯލިހަށް ކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.
ތިޔެއް ދައްކާލާނަން 2023 ގައި. މިހާރު ޖިބުގެ ބިރު ދެއްކިއަކަސް ތިކަހަލަ ވާހަކަ ދައްކާ މީހުންދީ. ޢައި ޑޯންޓް ލައިކޮ