އެއްޖިންސުން ގުޅުން ހިންގުމުގައި ޝާމިލްވި މީހުންނަށް ހަރުކަށި އަދަބު ދޭން މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)އިން ގޮވާލައިފިއެވެ.

އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމީ އުސޫލުތަކާއި މުޖްތަމަޢުގެ އާންމު މިންގަނޑުން ބޭރުވެ، ބަޔަކު އެއްޖިންސުން ގުޅުން ހިނގާ ބަދުއަހުލާގީ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯ އެކިއެކި މަންސަތަކުގައި ދައުރުވަމުންދާ ދިޔުމަކީ އެޕާޓީން އެކަމާއިމެދު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިފަދަ ވީޑިއޯތަކުން ފެންނަ ފަރާތްތަކާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅި މުޖްތަމައަށް ދޫވެފައި ތިބި ތިބުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމްޑީއޭއިން ބުނެއެވެ.

އެމްޑީއޭ އިން އިތުރަށް ބުނީ ލިވާތު ކުރުން ފަދަ ފާހިޝް އަމަލުތަކަކީ، އެކަމުގެ ސަބަބުން މުޖްތަމައަށް އިންތިގާ ނޭދެވޭ އަސަރުކުރާނޭ އަމަލުތަކެއްކަމުގައި ވީހިނދު، މިއީ ވޭތުވެދިޔަ ޒަމާނުގެ އުންމަތްތަކަށް މާތް ގެ ކޯފާ އައުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބު ކަމަށެވެ.

އެހެންކަމުން އަޅުނޑުމެންގެ މައްޗަށް އާންމިވެގެންވާ ކޯފާއެއް އައުމުގެ ކުރިން މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެމްޑީއޭ އިން ވަނީ ގޮވާލާފައެވެ. އަދި މިމައްސަލައިގައި ޝާމިލުވާ އެންމެހާ ފަރާތްތައް މުޖްތަމައުން އެކަހެރިކޮށް، ގާނޫނު ތަކާއި ގަވާއިދުތަކުން ދެވެންއޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް، ދައުލަތުގެ އިދާރާތަކަށް އެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑީއޭއިން ވަނީ އިސްލާމީ އަގީދާއާއި މުޖުތަމައުގެ އަހުލާގުން ބޭރުން އެއްވެސް ކަމަކަށް ދިވެހި ފަސްގަނޑުގައި ފުރުސަތު ނުދިނުމަށް އިލްތިމާސްކޮށްފައެވެ.