އަމިއްލަ ޖިންސީ ގުނަވަން ބުރިކޮށްލަން މަސައްކަތް ކުރި ފިރިހެނަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބިދޭސީ ފިރިހެނަކު ވަނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަމިއްލައަށް ވަޅި ހަރައި ޒަހަމްކޮށްލާފައެވެ. އެހެންވެ، އެ ދުވަހު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް ފަރުވާ ދޭން ފެށިއެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ބަންގްލަދޭޝަށް ނިސްބަތްވާ 31 އަހަރުގެ އެ މީހާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް، ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލަން މަސައްކަތްކޮށް، ހަށިގަނޑުގެ އެކި ތަންތަން އަމިއްލައަށް ޒަހަމްކޮށްލާފައި ވަނީ ލޯބީގެ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ މިހާތަނަށް ބެލިއިރު، އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.