ބީއެމްއެލުން ކަނޑައަޅާފައިވާ ސުންގަޑިތަކުގެ ކުރިން މި ހަފްތާގައި މުހިންމު މުއާމަލާތްތައް ކުރުމަށް ބޭންކުން އިލްތިމާސް ކޮށްފިއެވެ.

މިގޮތަށް ބީއެމްއެލުން އިލްތިމާސްކޮށް ނެރުނު އިއުލާނެއްގައި ބުނީ، މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ އެންގުމާ އެއްގޮތަށް، އަޟްހާ އީދު ބަންދާ ގުޅިގެން އަންނަ އާދީއްތަ ދުވަހުން ބުރާސްފައްޗަށް ބޭންކް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި ބޭންކު ބަންދުވި ނަމަވެސް:

  • ސެލްފް ސާވިސް ސެންޓަރުތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް 24 ގަޑިއިރު ކުރެވޭނެ
  • ރަށްރަށުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ހިދުމަތްތައް ލިބޭނެ

އެއާއެކު، ބީއެމްއެލުން ވަނީ އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން މެދުވެރިކޮށް ހިދުމަތް ހޯދުމަށް އެދި، ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ދަތިތައް ދިމާނުވާނެހެން، ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން ހިދުމަތްތަކަށް އެދި ހުށަހެޅުމަށް އިލްރިމާސްކޮށްފައެވެ.

އެގޮތުން މި ހަފްތާގެ ތެރޭގައި އޮންލައިންކޮށް ދެމުންދާ ހިދުމަތްތަކާއި ޗެކުތައް ޕްރޮސެސް ކުރުމަށް ބީއެމްއެލުން ނިންމާފައިވާ ސުންގަޑިތަކަކީ

  • އިންޓަނޭޝަނަލް މަނީ ޓްރާންސްފާ: މެންދުރުފަހު 1:30 ގެ ކުރިން ލިބޭ ރިކުއެސްޓްތައް
  • ލޯކަލް ޕޭމަންޓާއި މަނީ ޓްރާންސްފާ އަދި ޕޭރޯލް: މެންދުރުފަހު 12 ގެ ކުރިން ލިބޭ ރިކުއެސްޓްތައް
  • ޗެކުތައް: މެންދުރުފަހު 2 ގެ ކުރިން ލިބޭ ބީއެމްއެލްގެ ޗެކުތައް، އަދި ހެނދުނު 11 ގެ ކުރިން ލިބޭ އެހެން ބޭންކުތަކުގެ ޗެކުތައް

އެ ސުންގަޑިތަކުގެ ކުރިން ހުށަހަޅާ ރިކުއެސްޓްތައް އެ ދުވަހު ޕްރޮސެސްކޮށްދޭނެ ކަމަށާއި، ސުންގަޑިތަކުގެ ފަހުން ހުށަހަޅާ ރިކުއެސްޓުތައް ޕްރޮސެސްކޮށްދޭނީ ދެން ބޭންކު ހުޅުވާ ދުވަހެއްގައި ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

އަންނަ ހަފްތާގައި ބަންދު ކުރުމަށްފަހު، ބީއެމްއެލް އަލުން ހުޅުވާނީ މި މަހުގެ 17 ވާ އާދީއްތަ ދުވަހުގައެވެ.