ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އާސްކް ސްޕީކާގެ 5 ވަނަ ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިގޮތުން އެމީހާ ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ނުކުރެއްވިއްޖެނަމަ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ ސުވާލު ކޮށްފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ކާމިޔާބު ނުވާނެ ކަމަށް ދެކިގެންނެއް އިންތިހާބަކަށް ކުރިމަތި ނުލައްވާ ކަމަށާއި އިންތިހާބުތަކުގައި ނިކުންނާނީ ކާމިޔާބު ކުރުމަށް ކަމަށާއި އަދި ކާމިޔާބު ކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު އެމްޑިޕީގެ އެތެރޭގެ އިންތިހާބް ފެއްޓި އިރު އެމްޑީޕީ ވަނީ ދެބައި ވެފައެވެ. ދެ ފެކްޝަނެއްގެ ގޮތުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ އެއްކޮޅަށް ތިބި މެންބަރުން ދެބައި ވެފައިވާ އިރު ދެން އެންމެ ވާދަ ވެރި އިންތިހާބަކަށް ވާނީ އަންނަ ރިޔާސީ އިންތިހާބަށް ނަގާ ޕްރައިމަރީ ވޯޓް ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު ރައީސް ސޯލިހްވެސް ވަނީ ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުންގެ ތާއީދު އޮތީ ރަައީސް ސޯލިހަށް ކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.
އަންނި ހޫނު ފެނުގައި.
ކަލޭދެން ވެރިކަމަށް ކުރިމަތިލުމަކީ ރައްޔިތުންނަށް ފައިދާހުރިގޮތެއްނޫން.