އެސްޓީއޯ އިން މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ މުޅިން އާ ޝޯރޫމެއް މިރޭ ހުޅުވައިފިއެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވެވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރު އާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔާ ކަމުގައިވާ މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެވެ. އެސްޓީއޯ އާ މަކިޓާ ޝޯރޫމް ހުޅުވާފައި ވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

އެސްޓިއޯއިން ބުނީ، މިރޭ ހުޅުވި އާ މަކިޓާ ޝޯރޫމް އާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއާ ޕާޓްސް ލިބެން ހުންނާނެ ކަމަށާއި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރު ވެސް ހުންނާނީ އެ އާ ޝޯރޫމް ތެރޭގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރު އާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔާ ކަމުގައިވާ މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު

25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށް ދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯ އިން މަކިޓާގެ އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމެއް ކަމުގައި ދެކިގެން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެ ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސްގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށް ދެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާން ކުރުމަށް ހާއްސަ ކަރަންޓު އާލަތްތައް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުން ކުރެވޭނެ ސާމާނު، ގާޑްނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާންމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނާ ފަދަ އެތައް ސާމާނެއް އެކުލެވިގެން ވެއެވެ.

ކަރަންޓު ސާމާނު ގަތުމުގައި ދިވެހިންގެ ނަންބާ ވަން ބްރޭންޑު މަކިޓާ ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ އިތުރުން އާންމު ދިރިއުޅުމުގައި އާއިލާތަކަށް އިތުރު ފަސޭހަތަކާއި ލުއިތަކެއް ހޯދައި ދީފައެވެ.