ހުސްވެފައިވާ ހައި ކޯޓުގެ ދެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން ހަ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އަބްދުﷲ ހަމީދު, ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ޖޭއެސްސީން ބުނީ ސުންގަނޑި ހަމަވިއިރު އެ ދެ މަގާމަށް އެދި އަށް ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެއީ
- ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ
- ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު
- ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު
- ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ކުރީގެ މެންބަރު އާއިޝަތު އަޒުފާ އަބްދުލްޣަފޫރު
- ޕީޖީ އޮފީހުގެ ކުރީގެ ވަކީލް ޝުކުރުالله ޝަކީލް
- ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު
- ފ. ބިލެއްދޫ, މޯނިންގްވިލާ, މުހައްމަދު ސަލީމް
- ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު މޫސާ
މި 8 ބޭފުޅުން ފަނޑިޔާރުކަމަށް ކުރިމައްތި ލައްވާފައިވާ އިރު މި މަހުގެ 23 ގައި ޖޭއެސްސީން ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަން ކުރީގެ ފެމިލީ ކޯތުގެ އިސް ގާޒީ ހުޒައިފާ މުހައްމަދަށް ހައިކޯޓުގެ ފަނޑިޔަރުކަން އަރުވާފައެވެ. އަދި މިއަދު ވަނީ ހުޒައިފާއަށް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ފަތްކޮޅު އަރުއްވާފައެވެ.