ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ފަރުކޮޅުފުށި ހަފްލާތައް ބާއްވަން ދޫކުރަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ހަފްލާތައް ބޭއްވުމަށް އާއްމުންނަށް ދޫކުރަން ހުޅުވާލަން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން ކަމަށެވެ.
މީގެ އިތުރުން ފަރުކޮޅުފުށީގައި ބާއްވާ އެކި ހަފްލާތަކާއި އަގުތަކާއި އުސޫލުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ އެޗްޑީސީގެ ފޯމާއި ފޭސްބުކް މެދުވެރިކޮށް މި ހަފްލާތައް ބާއްވަން ބުކިން ހެއްދޭނެ ކަމަށް ބުނެފައެވެ.
ފަރުކޮޅު ފުއްޓަކީ މާލެއާ ކައިރި ކުރިން ރިސޯޓެއްގެ ގޮތުގައި ވެސް ބޭނުންކޮށްފައިވާ ރަށެކެވެ.
އެތަނުގައި މީގެ ކުރިން ހަފްލާތައް ބާއްވާ ދޫކުރި ނަމަވެސް ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެން އެތަން ބޭނުންކުރަން ފެށީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައެވެ.