1442 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3000 ރުފިޔާކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އެ އަދަދަކީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ 8959 މީހުންގެ ތެރެއިން ބޮލަކަށް ޖެހުނު އަދަދު ކަމަށާއި 3000 ރުފިޔާގެ މަގުން ޖުމްލަ 26،877،000 އެ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފަައިވާ ކަމަށެވެ.

މި އަހަރަކީ އެންމެ ގިނައިން މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ދޫކުރެވުނު އަހަރުކަން ފާހަގަކުރައްވާ އެ މިނިސްޓްރީއިން ބުނީ މީގެ ކުރީ އަހަރުތަކަށް ބަލާއިރު 1440 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހައިފާ ވަނީ 2000 ރުފިޔާ ކަމަށާއި އޭރު ފަގީރުންގެ ދަފްތަރުގައި ތިބީ 10944 މީހުން ކަމަށެވެ.

1441 ވަނަ އަހަރު ފަޤީރުންގެ ގޮތުގައި 7778 މީހުން ތިބިއިރު ބޮލަކަށް ޖެހުނީ 2700 ރުފިޔާއެވެ.