ރީޖަނަލް ޕޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ.

އެމްޕީއެލްއިން މިހެން ނިންމީ އެ ކުންފުނީގެ ބޯޑު މެންބަރުންނާއެކު ހިތަދޫގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްޕީއެލް އިން ބުނީ ކުންފުނީގެ ބޯޑު މެންބަރުން އިއްޔެ ކުންފުނީގެ ދަށުން މެނޭޖް ކުރަމުން އަންނަ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާއި ބައްދަލުކޮށް އަލަށް ފާސްކުރެވުނު ޕޮލިސީތަކާއި، މުވައްޒަފުންގެ ކުރިއެރުމަށް ގެނައި ބަދަލުތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މިގޮތުން ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޯޑުން ފާސްކޮށްފައިވާ ކަމަށާއި އަންނަ މަހުގެ މުސާރައާއި އެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި ބަދަލުތައް އަންނާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނފައެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ކުރިއެރުން ވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްޕީއެލްއިން ވަނީ މާލީ އެހީ ދޭ ޕޮލިސީ އާއި ކޯޑް އޮފް ކޮންޑަކްޓާއި އިތުރު ސިޔާސަތުތައް ވެސް ފާސްކޮށްފައެވެ. އޭގެ ތެރޭގައި އުމުރުން 65 އަހަރު ވުމުން ވަޒީފާ އިން ރިޓަޔާކުރާ ހާއްސަ ރިޓަޔަމެންޓް ޕޮލިސީ އެއް ހިމެނެއެވެ.

އެމްޕީއެލްގެ ދަށުން މިވަގުތު ހިންގަމުން އަންނަނީ ހިތަދޫ ރީޖަނަލް ޕޯޓު، އަދި ކުޅުދުއްފުށީ ރީޖަނަލް ޕޯޓެވެ.