މިއަދު ބިއްލޫރި ޝީޓުތަކެއް ދަށުވި 3 މީހުންނަށް ފަރުވާދެމުން ދަނިކޮށް އެކަކު މަރުވެއްޖެއެވެ.

މިކަން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް ވިދާޅުވީ އެ މީހާ މަރުވެފައި ވަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭ ގާތްގަނޑަކަށް 7:30 ހާއިރު ކަމަށެވެ.

ފަޒީލް ވިދާޅުވީ ދެން ތިބި ދެ މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލައިފައި ވާއިރު ދެން ހުރި މީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ފުރައިފާވައި ކަމަށެވެ.

މިއަދު މެންދުރު ފަހު 1:30 ހާއިރު އެ ހޮސްޕިޓަލަށް ގެނައި ތިން މީހުންނަކީ ސިނާއީ މަސައްކަތް ކުރަމުން އަންނަ ނ. މާކުރަންދޫގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ.

ރެސްޓު ބްލޮކް ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ އެ ތިން މީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.