3000 މެންބަރުން ހަމަކުރަން ޕާޓީތަކަށް އިތުރު ވަގުތު އިލެކްޝަން ކޮމިޝަނުން ދީފިއެވެ.

އީސީ އިން ބުނީ މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދީފައިވާ ޕާޓީތަކުން ހުށަހަޅާ މެމްބަޝިޕް ފޯމުތައް މިރޭ 10 ޖަހަންދެން ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.

ގާނޫނުގައި ބުނާ 3،000 މީހުން ހަމަނުވާ 4 ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިިދިޔަ މާޗު މަހު ވަނީ އުވާލަން ނޯޓިސް ދީފައެވެ. އަދި މެންބަރުން ހަމަކުރަން އެ ޕާޓީތަކަށް ދިން މުއްދަތު މިއަދު ވަނީ ހަމަވެފައެވެ.

އެހެންނަމަވެސް އެ ހަތަރު ޕާޓީގެ ތެރޭގައި ހިމެނޭ އެމްއާރްއެމްއިން 3000 މެންބަރު ހަމަކުރިކަން އީސީއިން އެ ޕާޓީއަށް އަންގައިފާވާއިރު އެމްޓީޑީން ވެސް ވަނީ ގިނަ އަދަދެއްގެ ފޯމު އީސީއަށް ހުށައަޅާފައެވެ. ދެން ނޯޓިސް ފޮނުވި ޕާޓީގެ ތެރޭގައި ހިމެނެނީ ޑީއާރުޕީ އާއި ލޭބާ ޕާޓީއެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ.