ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ހިންގި މާރާމާރީ އާ ގުޅިގެން ހޯދަން އިއުލާނު ކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން ފުލުހުން ހޯދަން އިއުލާން ކޮށްފައި ވާނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދު ދީދީ (27އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ) އާއި ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު (21އ) އެވެ.

އޭގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މައުސޫމް މުހައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަހްމަދު ސާތިއު (21އ)އެވެ.

މި މަހުގެ 10 ވަނަ ދުވަހު ސާތިއު ހައްޔަރުކޮށްފައި ވާއިރު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި މައުސޫމު ހައްޔަރުކޮށްފައި ވާއިރު އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން މީގެ ކުރިން 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.