35 އަހަރު ފަހުން ލ. މާމެންދޫގައި އާ އިންޖީނު ގެއެއްގައި ހިދުމަތްދޭން ފަށައިފިއެވެ.

ފެނަކައިން ބުނީ ލ. މާމެންދޫގައި 35 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެއިން ހިދުމަތް ދިނުން ހުއްޓާލާ މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ކަން އުފަލާއެކީ ފާހަގަކުރާ ކަމަށެވެ.

ފެނަކައިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ހިތާދޫގައި އިއްޔެ ހުޅުވި އިންޖީނުގޭގައި 400 ކިލޯވޮޓްގެ ދެ ޖަނަރޭޓަރެއް ގާއިމް ކޮށްފައި ވާނެއެވެ. އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް އެއްފަހަރާ ތިބެވޭނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ، އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމްކޮށް، އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ދުން ބޭރު ކުރުމަށް އިންޖީނުގެތަކުގައި ދުންހޮޅިތައް ހަދާފައިވާނެ ކަމަށެވެ.