މާލޭގެ ހެންވޭރު ސަރަހައްދަކުން މާދަމާ ހެނދުނު ދޮޅު ގަޑިއިރަށް ކަރަންޓުގެ ހިދުމަތް ކަނޑަން ނިންމާފައިވާ ކަމަށް ސްޓޭލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ ހެނވޭރުގެ އަބަދަށް އުފާ މަގާއި އަޝްރަފީ މަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 10:00 އިން 11:30 އަށް ކަމަށެވެ. އެއީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ދޮޅު ގަޑިއިރަށް ކަރަންޓް ކަނޑާނެ ކަމަށް ބުނި ނަމަވެސް މި މަސައްކަތް ނިމުނު ހާ އަވަހަކަށް އަލުން ކަރަންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިކަމުން އާންމުންނަށާއި ވިޔަފާރުތަކަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި އެފަދަ އެކި މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކަނޑާ ފަހަރުތަކުގައި އާންމުކޮށް ސްޓެލްކޯއިން އަންނަނީ އެ ފަދަ މައުލޫމާތު އާންމުންނާ ހިއްސާ ކުރަމުންނެވެ.