ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން އިންޑިއާ ސަރުކާރުން ނިންމާފައި ވާ ނިންމުމާ ގުޅިގެން އެ ސްޓޭޑިއަމަކީ ރާއްޖެއަށް ފައިދާ ކުރާނެ ޕްރޮޖެކްޓެއްގެ ގޮތުގައި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް) ބޭންކުން ބުނެފިއެވެ.
ދިވެހި ނޫސްވެރިން އިންޑިއާއަށް ކުރި ފެމިލިއަރައިޒޭޝަން ދަތުރުގައި އެގްޒިމް ބޭންކުން ބުނީ، ކްރިކެޓް ސްޓޭޑިއަމް އަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް ފައިދާތައް ކުރާނެ ޕްރޮޖެކްޓެއް ކަން ފާހަގަ ކުރަމުން އެ ބޭންކުން ބުނީ، ކުޅިވަރު ހަރަކާތްތައް ބާއްވާ ޓޫރިޒަމް މަންޒިލަކަށް ރާއްޖެ ހެދިދާނެ ކަމަށާއި އިންޑިއާގެ އެންމެ އަގުބޮޑު ލީގް، އައިޕީއެލް ފަދަ ކްރިކެޓްގެ ބޮޑެތި ލީގްތަކަކީ މިހާރު ވެސް ކްރިކެޓް ނުކުޅޭ ގައުމުތަކުގައި ބާއްވާ ލީގެއް ކަމަށް ވުމުން ރާއްޖޭގައި އެ ލީގް ބޭއްވިއްޖެ ނަމަ ބޮޑެތި ފައިދާތައް ކުރާނެ ކަމެއް ކަމަށެވެ.
ކްރިކެޓް ދަނޑު ގާއިމް ކުރެވުމުން އެފަދަ ލީގެއް ރާއްޖޭގައި ބާއްވައިފި ނަމަ އެ މެޗްތައް ބަލަން އެތައް ބަޔަކު ރާއްޖެއަށް އަންނާނެ ކަމަށާއި އެއީ ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި އެހެންކަމުން އެއީ ބޭކާރު، ފައިދާއެއް ނެތް މަޝްރޫއެއްގެ ގޮތުގައި ނުދެކޭ ކަމަށް އެގްޒިމް ބޭންކުން ބުނެއެވެ.
އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގައި ކްރިކެޓުގެ ފޯރި ގަދައެވެ. އޭރު މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމުތައް އޮވެ މުބާރާތްތަކުގައި ވާދަ ކުރިއެވެ. އެ މެޗުތައް ބަލަން މީހުން ވެސް ދިޔައެވެ. ނަމަވެސް ފަހަކަށް އައިސް އެހެން ހުރިހާ ކުޅިވަރެކޭ އެއްގޮތަށް ކްރިކެޓުގެ ފޯރި ވެސް ކުޑަވި ސަބަބުތައް ދެނެގަންނަން ޖެހެއެވެ.
މިހާރު ގައުމީ ފެންވަރުގެ ކްރިކެޓް މުބާރަތްތަކަށް ބޭނުން ކުރަނީ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑެވެ. އެތަން ވަށައިގެން އޮންނަ ވެލި ޓްރެކަކީ އާއްމުން ކަސްރަތަށް އަދި ދާދި ފަހަކާ ޖެހެންދެއް ގައުމީ ދުވުންތެރިން ތަމްރީނަށް ބޭނުންކުރި ތަނެވެ. އެހެންވެ ކްރިކެޓަށް ވެސް އަދި ދުވުންތެރިންނަށް ވެސް އިންތިހާ އަށް ދަތިތައް އޮންނަނީ ކުރިމަތިވެފައެވެ.
މިއީ ޚަބަރެއްތަ؟ ސްޓޭޑިއަމް އަޅާ ތަނެއް ނޭގޭ.
މިއަށް ވުރެ ބޭކާރު ކަމެއް އޮންނާނެތަ؟ އެބަލަން މީހުން އަންނަނީޔޯ...ކޮންތާކު އެމީހުން ނިދާ ކައިބޮއެ ހަދަނީ...އިންޑިޔާ މީހުންނަކީ ދެރުފިޔާ ބައި ހިފައިގެން ތަންތަނަށް ދާބައެއް. ރިސޯޓެއްގަ ހުރެފަ މެޗުބަލަން ލޯންޗެ ކުއްޔަށް ހިފައިގެން ހުޅުމާލެއަށް އިންޑިޔާ މީހަކު ނާންނާނެ...ބޯ ހަމަ ޖެހޭ ވާހަކަ ދައްކަން ބުނެބަލަ
ޚެކެކކެ ބަލާނެ މީހުން ނެތަސް ހެޔު ދޯ
ބޭއްވިއްޖެނަމަ މަސްބޭނުނުނަމަ ނަމެއްގަ ކުރެވޭނެ ކަމެއް ނޯންނާނެ
ދެފައިދަނޑިއަށް ގރހެނޑޭނެ. ތީ މިތާތިބޭ އިންޑިޔާ މައްލޫނުން މުނިފޫހިފިލުވަން ދިވެހިރައްޔިތިން ލޯނުދައްކައިގެން އަޅާތަނެއް