މިދިޔަ އޭޕްރީލް މަހު އާސަންދަ ސްކީމުގެ ގޮތުގައި 51.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާސަންދައިގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް އަތޮޅުތެރެއިން އެކަނިވެސް 61،451 މީހުން އާސަންދަ ސްކީމުގެ ދަށުން ވަނީ ހިދުމަތް ހޯދާފައެވެ.

އެގޮތުން އައްޑޫ ސިޓީއިން 7501 މީހަކު ހިދުމަތް ހޯދާފައިވާއިރު އެ ހިދުމަތްތަކަށް ޖުމްލަ 12 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ހދ އަތޮޅުން 6535 މީހަކު ވަނީ އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދާފައެވެ. އެ ހިދުމަތްތަކަށް 7.4 މިލިއަން ވަނީ ހަރަދުވެފައެވެ.

ރ އަތޮޅުން 4939 މީހަކު އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދާފައިވާއިރު ލ އަތޮޅުން އެ ހިދުމަތް ހޯދައިފާ ވަނީ 4167 މީހެކެވެ. ރ އަތޮޅުން އެ ހިދުމަތް ހޯދި މީހުންނަށް 3.8 މިލިއަން ހަރަދުވެފައިވާއިރު ލ އަތޮޅަށް ހަރަދުވެފައިވަނީ 3.6 މިލިއަން ރުފިޔާ ކަމަށް އާސަންދައިން ބުނެއެވެ.

މާލެ ސަރަހައްދު ފިޔަވާ އަތޮޅު ތެރޭގެ ހއ ފެށިގެން ސ އަތޮޅާ ހިސާބަށް އަހަރެއްގެ މައްޗަށް ބޭސް ފަރުވާގެ ހިދުމަތަށް އާސަންދަ ސްކީމުން ބިލިއަނުން ހަރަދުކުރެއެވެ.