އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލުން ކޮންޓެއިނަރެއް ކްލިއާ ކުރަމުން ދަނިކޮށް ހަރުފައެއް ފެނިއްޖެއެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވަނީ މި ހާދިސާ މިއަދު ހަވީރުގެ ވަގުތެއްގައި ހިނގިކަން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި އެ ހާދިސާގެ ވީޑިއޯއެއް އާންމު ފަރާތަކުން ވައިބާގައި ހިއްސާކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، ގާތް ގަނޑަކަށް ފަސް ފޫޓު ދިގު އެ ހަރުފަ ފެނިފައިވަނީ އެމްޕީއެލުން ކްލިއާ ކުރަމުން ދިޔަ ލަކުޑި ކޮންޓެއިނަރެއްގެ ތެރެއިންނެވެ.

މި ހާދިސާ ހިނގީ ހަވީރުގެ ވަގުތެއްގައި، ނަމަވެސް ހިނގި ސީދާ ވަގުތު ސާފެއް ނޫނެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އޭގެ އިތުރުން، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު އެ ހަރުފަ ހިފާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.