ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވުމުގައި ޕޮލިހާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މައްސަލަ އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުންވެސް ދޫވަމުން އަންނާތީ ގިނަބަޔަކު ކަންބޮޑުވަމުން އަންނައިރު ދާދި ފަހުން މާލޭގެ ގެއެއްގެ ތަޅުންގަނޑެއްގެ ދަށުގައި 42 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުނު މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގައި ހުރި މައްސަލަތަކެއްގެ ސަބަބުން، އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާ ނުކޮށް ވަނީ ދޫކޮށްލާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުލުހުންނާއި ޕީޖީގެ ތެރޭގައި މައްސަލަ އެބަހުރި ކަމަށާއި ހައްލު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި އެންމެން އެއް ތަނެއްގައި ތިބެގެން މިއަށް ހައްލު ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ރައީސް ވަނީ ޕީޖީން ދެކޭ ގޮތުގައި ތަހުގީގު މަރުހަލާގައި ކަން ހިނގާފައިވާ ގޮތުގެ ޒިންމާ ވާން ޖެހޭނީ ފުލުހުން ކަމަށާއި އެހެންނަމަވެސް ފުލުހުން ދެކޭ ގޮތުގައި އެ މުއައްސަސާ އިން އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.
ޕޮލިހާއި ޕީޖީ އަދި ޤާޒީގެ މައްސަލަވެސް އެބަހުރި