އިންޑިއާގެ ޖީއެމްއާރަށް ދީފައި އޮތް ރާއްޖޭގެ މައި އެއާޕޯޓު އަތުލުމަކީ އިގްތިސޯދަށް ލިބުނު ގެއްލުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ އެ ސަރުކާރުން ޖީ.އެމް.އާރަށް އެއާޕޯޓު ހަވާލު ކުރުން އެއީ ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެ ފަދަ ކަމެއް ކަމަށެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ ފުރުސަތު ޖީއެމްއާރަށް ލިބުނު ނަމަ 2015 ވަނަ އަހަރު އެއާޕޯޓަކީ 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ތަނަކަށް ވާނެ ކަމަށާއި މިހާރު 3 މިލިއަން ފަތުރުވެރިން އަހަރަކު ރާއްޖެ ގެނައުމުގެ ފުރުސަތު ލިބިގެން ދިޔައީސް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގުން އިންޑިއާގެ ޖީއެމްއާރަށް ދީފަ އޮތް އޮތުން ބަދަލުކޮށް، އެ ކުންފުނީގެ އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިގްތިސޯދަށް ލިބުނު ބޮޑު ގެއްލުމެއްކަން ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ދެން އޮތް ގޮތަކީ މިހާރު ކުރިއަަށް ދާ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށާއި އާ ޓާމިނަލްގެ މަސައްްކަތް އަންނަ އަހަރުގެ ފަހު ކޮޅަށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެވަނަދައުރަކަށް ފަންޑު ކަށަވަރުކުރުމުގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށދާކަމުގެ ދިރިހުރި ނިޝާނެއް މިފެނުނީ، ދެވަނަފަހަރަށް ދިވެހިންގެ މައިދޮރާށި ޖީއެމްއާރަށް ނުދޭނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތް. ޤައުމު ވިއްކައިހުސްކުރިޔަސް ކޯލިޝަނުގައި ތިބެވެނިކޮށްނިމުނީ، ބޭނުންވާ މަންފާލިބި ޖީބުތައް ފުރެނިކޮށް ނިމުނީ، ރައްޔިތުންގެ ބޭނުމެއްނެތް.
ޙޮޅިވާހަކަ ނުދައްކާ އެ މަދު ދުވަސްކޮޅުވެސް ރާއްޖެއަށްވީ ގެއްލުން . ޢެއަރޕޯރޓް އެކަންޏެއް ނޫނެއްނު ދިނީކީ. ހުޅުލެއާ ހުޅުލޭގަ ހުރި ހުރިހާ ތަނެއް. ޕާރޓީކުދިންގެ ޖީބަށް ބަރުވާގޮތަށް ސަރުކާރުގެ ޚަޒާނާ އަށް އެނގުމެއް ނުވާގޮތަށް