އެސްޓީއޯއިން އިނގިރޭސިވިލާތުގެ ރަސަލް ހޮބްސް ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ރަސަލް ހޮބްސް ތައާރަފުކޮށްފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ކުރިއަށް ގެންދިޔަ "ފުޑް އެންޑް ބެވަރޭޖްގެ ޝޯ" ގައި ހުރި އެސްޓީއޯގެ ސްޓޯލްއަށް ކުރެއްވި ޒިޔާރަތުގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ރަސަލް ހޮބްސް ބްރޭންޑުގެ އެކްސްކުލޫސިޕް ޑިސްޓްރިބިއުޓާ ކަމަށް ވާއިރު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބްރޭންޑުގެ އުފެއްދުންތަކުން 10 ޕަސަންޓު ޑިސްކައުޓު ދިނުމަށް ވަނީ ނިންމާފައެވެ.

ރަސަލް ހޮބްސް އަކީ ބަދިގެ އަދި ގޭގެ ސާމާނު އުފެއްދުމުގައި 70 އަހަރު ވެފައިވާ ޔޫރަޕުގެ ގިނަ ގައުމުތަކުގެ އިތުބާރު ހޯދާފައިވާ ކުންފުންޏަކަށް ވާއިރު އެ ކުންފުންޏަކީ އެންމެ ފުރަތަމަ އޮޓޮމެޓިކް ކެޓްލް ވެސް އުފެއްދި ކުންފުންޏެވެ.

މި ބްރޭންޑް ރާއްޖެއަށް ތައާރަފް ކޮށްފައި ވާއިރު މި ބްރޭންޑްގެ ސްލޯ ކުކަރު، ސްޓީމާ، ގްރިލް، އެއާ ފްރަޔާ، ޓޯސްޓާ، ސޭންޑްވިޗް މޭކާ އަދި ކޮފީ މޭކާ ފަދަ ޕްރޮޑަކްޓްތައް އެސްޓީއޯގެ ފިހާރައިން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.