ގާބިލްކަން އިތުރުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންތަކެއް އިންޑިއާއަށް ފުރައިފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ދާނީ މި މަހުގެ ހަޔަކުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މިއީ މުމްބާއީގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމަސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) ގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކުރާ ދަތުރުރެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ޖުމްލަ 30 އޮފިސަރަކު ބައިވެރިވާ މި ދަތުރުގައި ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ގާނޫނު ތަންފީޒުކުރުމުގެ މައުޟޫއަށް ބިނާކޮށް ހިންގޭ ތަމްރީނެއްގައި ބައިވެރިވުމާއި މި ތަމްރީން ޕްރޮގްރާމްގައި އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް އޮފިސަރުން ޒިޔާރަތްކުރުން ވެސް ހިމެނޭ ކަމަށް ކަސްޓްމްސް އިން ބުނެއެވެ.