3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މި މަހުގެ 14 ފަހުން އުވޭނެ ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ)އިން ބުނެފިއެވެ.

3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން މެންބަރުންގެ އަދަދު 3000 އަށްވުރެ މަދު 4 ޕާޓީއެއް އޮތް ކަމަށް އީސީން ވަނީ ބުނެއެވެ. ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3000 މީހުން ހަަމަކުރުމަށް އެޕާޓީތަކަށް ނޯޓިސް ފޮނުވާފައެވެ.

އީސީން ނޯޓިސް ފޮނުވާފައިވަނީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

ރާއްޖޭގައި މިހާރު ސިޔާސީ ޕާޓީގެ ގޮތުގައި 11 ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި ވެއެވެ. އޭގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއް އެބައޮތެވެ.

އެ ޕާޓީތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީ އާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއެވެ.