ޓީޗަރުންގެ މުސާރަ ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މެއި މަހުގެ މުސާރަ ބޮޑުކޮށް ޖަމާކޮށްފިއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސޯޝަލްމީޑިއާގައި ވިދާޅުވީ މޭ މަސް ނިމި އާ އޮނިގަނޑަށް ހިޖުރަކުރި ފަރާތްތަކުގެ މުސާރަ ޖަމާވެއްޖެ ކަމަށެވެ. އަދި މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ފެންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުސާރަ ބުޑުކުރުމާ ގުޅިގެން މިނިސްޓަރު ވަނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.

ސުކޫލު ޓީޗަރުންގެ ގޮތުގައި ތިބި 6815 މުވައްޒަފުންގެ ތެރެއިން ވަކި ވަކި ރޭންކުތަކުގެ ތެރެއިން ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ވަނީ އައިސްފައެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އައި ކުރިއެރުންތައް:

ޓީޗަރުގެ މުސާރަ:

  • ރޭންކު 1 މުސާރަ 10،889 ރުފިޔާއިން 13،266 ރުފިއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 2 މުސާރަ 13،089 ރުފިޔާއިން 19،467 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 3 މުސާރަ 15،135 ރުފިޔާއިން 20،895 ރުފިޔާއަށް ( 38 ޕަަަސެންޓްގެ ކުރިއެރުމެއް.

ޕްރިންސިޕަލުންގެ މުސާރަ:

  1. ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)
  2. ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)
  3. ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ:

  • ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މީގެ ކުރިން ވިދާޅުވެފައި ވަނީ ލީޑިން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކޮށް މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް މެއި މަހުގެ 1 ވަނަ ދުވަހު ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާ ކަން އާންމުކޮށް އިއުލާން ކޮށްފައެވެ.