ބިމުގެ މައްސަލަގައި ލ. އަތޮޅު އިސްދޫ ކައުންސިލް ކުރިމަތީގައި އެރަށު އަންހެނުންތަކެއް މުޒާހަރާ ކޮށްފިއެވެ.
މި މުޒާހަރާގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައި ވާއިރު މި މުޒާހަރާގެ ބައިވެރިން ވަނީ އިސްދޫ އަދި ކަލައިދޫ އެއް ފަސްގަނޑެއްގައި އޮތް ނަމަވެސް ދެ ކައުންސިލެއް އޮތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ހަމަހަމަ އުސޫލަކުން ބިން ބެހުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާ ކޮށްފައި ވަނީ އެމީހުންގެ ޝުއޫރުތައް ލިޔެފައި ހުރި ޕޯސްޓްތައް ހިފައިގެންނެވެ.
އެމައްސަލާގައި އިސްދޫ ކައުންސިލްގެ ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި މިގޮތުން ޕްލޭނިން މިނިސްޓްރީ އާއި އެލްޖީއޭއާއެކު މަޝްވަރާތައް ކުރެވެމުން ދާ ކަމަށް ވިދާޅުވެފައެވެ.
އިސްދޫ ކައުންސިލް ދޮރުމަތީގައި އަންހެނުން މުޒާހަރާކޮށްފައި ވާއިރު އެތަނަށް ވަދެ ނުކުމެ ހަދަން އުނދަގޫ ވެގެން އެރަށު ކައުންސިލުން ފުލުހުންގެ އެހީތެރިކަމަށް ވެސް އެދުނެވެ.