ކާފަ ދަރިޔަކާ ބެހިގެން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

10 އަހަރުގެ އެ އަންހެން ކުއްޖާ އާ ބެހުނު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 68 އަހަރުގެ ފިރިހެނެކެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މެދު ދެކުނު ސަރަހައްދުގައި ހިމެނޭ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ ތިންވަނަ ދުވަހު އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ.

މެދު ދެކުނު ފުލުހުންގެ ސަރަހައްދުގައި ހިމެނެނީ މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅެވެ. އެ މައްސަލައަކީ ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ވުމުން، އެ މައްސަލަ ހުށަހެޅިފައިވާ ރަށެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހްގީގު ކުރުމަށް ފަހު، އެ މީހާއަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.