ބަލަމުންދާ މައްސަލައަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް ސަސްޕެންޑުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ, ބަލަމުންދާ މައްސަލައަކާ ގުޅިގެން ރިޔާޒް ސަސްޕެންޑުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ. ނަމަވެސް ރައީސް އޮފީހުން މިކަން ޔަގީންކޮށެއް ނުދެއެވެ. އަދި ރިޔާޒުއާ ގުޅޭގޮތް ނުވުމުން އެނާހެ ބަހެއް ނުލިބެއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން ވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ދުރުކޮށްފައި ވެއެވެ.