މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި 3 މީހަކަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ މއ. އުދުހޭކޮކާ ހުނައިން ބިން އަލީއާއި، ލ.މާވަށް، ރެޑިއަމްގެ ހުނޭސާ އާދަމް ނަސީރް އަދި ގއ.ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމްއަށެވެ.

މި ތިން މީހުން ވަނީ މާޗު 28، 2022 ދުވަހު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކަތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކޮށްފައެވެ.

ޕީޖީން ބުނީ މި މައްސަލައިގައި މި ތިން މީހުންނަށް ދައުވާތައް ކުރުމަށް މިމަހު 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ގއ.ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމްގެ މައްޗަށް:

  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

މއ. އުދުހޭކޮކާ ހުނައިން ބިން އަލީގެ މައްޗަށް:

  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

ލ.މާވަށް، ރެޑިޔަމްގެ، ހުނޭސާ އާދަމް ނަސީރުގެ މައްޗަށް:

  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 111 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.

ޕީޖީން ބުނީ މި މައްސަލައިގައި ކޮށްފައިވާ ދައުވާތަކުގައި ހިމެނެނީ ގައިގަނޑަކަށް 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތް އަދި 139 ގްރާމް ކެނެބިސް ކަމަށެވެ.