ފިލްމީ ތަރި ހުނައިޝާ އާދަމް (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފިއެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުނޫ އަދި އޭނާގެ ލޯބިވެރިޔާ ވަނީ މަސްތުވާތަކެއްޗާއެކު ގެއެއްގެ ތެރެއިން ހައްޔަރުކޮށްފައެވެ.

ހުނޫގެ އިތުރުން އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

މިމައްސަލާގައި އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހުނޫ އަކީ ފިލްމު ކުޅުމުގެ އިތުރުން ޓިކްޓޮކުން ވެސް ފެނިގެންދިޔަ ފަންނާނެކެވެ. "ހުވާ" ފަދަ މަޝްހޫރު ސީރީޒްތަކުން ފެނިގެން ދިޔަ ހުނޫ ވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.