މީގެ ހަފްތާއެއް ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާނު ކޮށްފައި ވާއިރު، ބައެއް ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓަށް ކުދި ބަދަލުތައް އައިސްފައި ވެއެވެ. ނަމަވެސް ނަތީޖާ އަށް އަސަރު ކުރާނެ ފަދަ ބަދަލެއް ނާދެއެވެ.

ދާއިމީ ނަތީޖާ އަދި ފާހަގަ ކުރެވުނު ތަފާތުތައް

އެހެންކަމުން، ޖުމްލަ ވޯޓުގެ އަދަދަށާއި، ބާތިލް ވޯޓުގެ އަދަދަށް ވަނީ ކުދި ބަދަލުތަކެއް އައިސްފައެވެ.

ޖުމްލަ ވޯޓު (ދާއިމީ) އަދި ފާހަގަ ކުރެވުނު ތަފާތުތައް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިފަހަރު 48،000 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފައެވެ. އެ ޕާޓީން ބުނި ގޮތުގައި އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ ފަދަ ޝަކުވާ އެއްވެސް ޝަކުވާއެއް ނާދެއެވެ. އަދި އިންތިހާބުގެ ކަންކަން ދިޔައީ އޮމާންކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

ފޯރިގަދަ އެ އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދިޔައީ ޗެއާޕާސަންގެ އިންތިހާބެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާ ވާދަ ކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އޭގެ އިތުރުން، ސަފާތު އަހްމަދު ޒާހިރާ ވާދަ ކުރައްވައި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އަދި މުހައްމަދު އަންސަރާ ވާދަ ކުރައްވައި ޔޫތު ވިންގުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ ރިފްގާ ޝިހާމެވެ.