ޕްރޮޑިއުސާ އަދި އެކްޓަރު ސަލްމާންހާންގެ ޓައިގާ ސީރީޒްގެ 3 ވަނަ ފިލްމަށް، މަގުބޫލު އެކްޓަރު އިމްރާން ހާޝްމީ ބޮޑީބިލްޑް ކުރަމުން އެބަދެއެވެ. ޓައިގާ 3 ގައި އިމްރާން ބައިވެރިވާކަން އޭނާ ރަސްމީކޮށް ހާމަ ނުކުރިނަމަވެސް ސަލްމާންހާން އާއި ކެތްރީނާ ކައިފް އާ އެކު އެއްތަނަކަށް (ކަސްރަތްށް) ދާތާ މިހާރު ދުވަސްތަކެއް ވެއްޖެކަމަށް ހަބަރުތައް ބުނެއެވެ. އަދި އޭނާގެ ހަށިގަނޑު ވަރުގަދަކޮށް ފިޓްވަނީ އެ ފިލްމަށް ކަމަށްވެސް ބޮލީވްޑްގެ ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން، ޓައިގާ 3 އަމާޒުކޮށްފައި ވަނީ ޕާކީސްތާނުގެ ޓައިގަރަކަށް (ކުޅަދާނެ ސިފައިންގެ މީހަކަށް) އެވެ. ބޮލީވްޑްގެ ހަބަރުތައް ގެނެސްދޭ އީޓައިމްސް އިން ބުނީ، ޓައިގާ 3 ގައި ބޮޑުބައި ކުޅޭނީ ނުވަތަ އެ ފިލްމުގައި އެންމެ ބޮޑަށް ފެނިގެން ދާނީ ސަލްމާން އާއި އިމްރާން އާ ދެމީހުންގެ ތަޅާލުންތަކެވެ.

އެ ފިލްމުގެ ބައެއް މަންޒަރުތައް މި އަހަރުގެ ޖެނުއަރީމަހު ނެގި ކަމަށްވެސް ހަބަރުރައް ބުނެއެވެ. ނަމަވެސް ޝޫޓިންއިން ބްރޭކެއް ނެގުމަށްފަހު އިމްރާން މިހާރު އެނބުރި މަސައްކަތަށް ގޮސްފައިވާކަމަށްވެސް ބުނެއެވެ.