ކޮންމެ ގައުމެއްގެ މުސްތަގުބަލު ބިނާވާނީ އެގައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔޫތް ލީޑާސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑު ހެޔޮ ރޫފަ ހުރި, އިލްމީ ގާބިލްކަމާއި ފަންނާއި ހުނަރުވެރިކަން ހުރި މަސައްކަތްތެރިކަމާއި މުރާލިކަން ހުރި ރިވެތި އަހުލާގާއި ސުލޫކުން ޒީނަތްތެރިވެގެންވާ ބަޔެއް ނަމަ އެ ގައުމު ދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް ކަމަށެވެ.
އެހެންނަމަވެސް އެ ސިފަތައް އެ ގައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެނަމަ އެ ގައުމެއްގެ މުސްތަގުބަލާމެދު ހުރި ހިތާމަ ބޮޑުވެގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެެވެ.
މި ގައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރި ކުރެވިފައިވާ ގައުމެއްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ދިވެހިންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއް ކަމަށެވެ. އަދި މުޖުތަމައުއަކީ ކުށް މަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި ޔޫތް ލީޑާސް ނެޓްވޯކުން އެ މަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
އިމްރާން އިތުރަށް ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ ބަލިވުމުގެ ކުރިން ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތް ލިބިގަންނަން ކަމަށާއި އަދި ދުޅަހެޔޮ ރަނގަޅު ހެޔޮ ފަސްގަނޑެއްގައި ގޮވާން ހައްދަން ކަމަށެވެ. އަދި ކުށާއި ކުށްކުރުމުގެ ބިރުވެރިކަން އުފެދުމުގެ ކުރިން އަމާން ރައްކާތެރި ފާގަތި މުޖުތަމައުއެއް ބިނާކުރަން ވެސް ބޭނުންވެވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިރާެއްޖެއަކީ ޒުވާންޖީލު ހަލާކު ކުރަން މަސައްކަތްކުރާ ސިޔާސީން އުޅޭތަނެއް އެހެންވީމަ ޒުވާނުން މައިބަދައިގަ ވަރުހުއްޓަސް ކުރާނެކަމެއް ނޯނއނާނެ ހރހެހެ ކެކެކެ ހައްހައްހައް!؟!؟!؟!؟