އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ކްރޫގާ ބްރޭންޑްގެ ޕްރޮޑަކްޓެއް ގަނެގެން ގުރުއަތުން ހޮވޭ ފަރާތަކަށް ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

"ކްރޫގާ ޗެލެންޖް 2022"ގެ ނަމުގައި މިއަދުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ގެންދާ ޕްރޮމޯޝަން ފަށާފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހަފްލާއެއްގައެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި

  • ކްރޫގާގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާ އެއްޗެއް ހެދުމަށްފަހު، "#STOKrugerChallenge2022" ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން
  • ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިއެއް ހޮވާއިރު، އެންމެ ގިނަ ލައިކްސް ނުވަތަ ރިއެކްޝަންސް ލިބޭ ޕޯސްޓުގެ ވެރި ފަރާތަށް ވެސް އިނާމު ދިނުމަށް ހަމަޖެހިފައިވޭ
  • ޕީޕަލްސް ޗޮއިސްގައި ކްރޫގާގެ ޕްރޮޑަކްޓްސްގެ ރަހަ ބެލުންވެސް ކުރިއަށް ދާނެ
އެސްޓީއޯގެ ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސްގައި ކްރޫގާގެ ޕްރޮޑަކްޓްސް ބޭނުންކޮށްގެން ރަހަ ބެލޭނެ / ފޮޓޯ: އެސްޓީއޯ

މީގެ އިތުރުން، އެ ޕްރޮމޯޝަންގެ ދަށުން ގަންނަ ކްރޫގާގެ ކޮންމެ ޕްރޮޑަކްޓަކަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި ޑިޖިޓަލް ކޫޕަނެއް ވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އެ ޕްރޮމޯޝަން ނިމުމުން ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޭ އިނާމުތަކަކީ:

  • 1 ވަނަ: ބެނެލީ ޕެނެރިއާ ސައިކަލެއް
  • 2 ވަނަ: އައިފޯން 13 ޕްރޯ މެކްސް (256 ޖީބީ)
  • 3 ވަނަ: ޕިލިޕްސް ބްރޭންޑްގެ 55 އިންޗީގެ ޓީވީއެއް

އެސްޓީއޯ އިން އެތެރެކުރާ ކްރޫގާގެ ބާވަތްތަކަކީ ދިވެހިންގެ މެދުގައި މަގްބޫލް ބާވަތްތަކެކެވެ. އޭގެ ތެރެއިން އެންމެ މަގްބޫލީ ކްރޫގާ ޕާސްތަނޫސާގެ ޗޮކްލެޓް ސްޕްރެޑެވެ.